Ads by Aqeeqa Maldives

ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒު އައްޔަނު ކުރުމަށް ރުހުން ދީފި

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒު އައްޔަނު ކުރުމަށް ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވި މުޙައްމަދު މުޖުތާޒް ކުރެއްވި

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

16 އޭޕްރީލު 2025، 11:47

16 އޭޕްރީލު 2025، 11:47

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަޤާމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޖުތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސީއެސްސީގެ މި މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްސަލަތަކެއް ބަލަމުންދަނިކޮންނެވެ.

އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައިވަނީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ. މުޖުތާޒް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS