ޚަބަރު
ކުނި މެނޭޖުކުރުމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފި

ކުނި މެނޭޖުކުރުމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-
ވޭސްޓް މެނޭޖްމަންޓް ދާއިރާ ކުރިއެރުވުމަށް މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯއިން) މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި، ވޭސްޓް މެނޭޖްމަންޓް ދާއިރާއާއި ގުޅޭ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައެޅުމާއި، މި ދާއިރާއާއި ގުޅޭ އިންސްޓިޓިއުޓްތަށް އެމްއެންއެސްޑީއޭގައި ރަޖިސްޓަރކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ދާއިރާއާއި ގުޅޭ އިންސްޓިޓިއުޝަން-ބޭސްޑް ޓްރެއިނިންގ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގެ އިތުރުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓިފިކޭޝަން ފަދަ ޕްރޮގްރާމްތަށް ރަޖިސްޓަރކުރުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަކީ ވޭސްޓް މެނޭޖްމަންޓް ފަދަ ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ، އެކި މަސައްކަތްތެރި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައަޅައި، ފެންވަރު ރަނގަޅު އެކި އިންސްޓިއުޓްތަކުން ޒުވާނުންނަށް ތަމްރީނު ހޯދުމުގެ ފުރުޞަތު ފުޅާކޮށްދިނުމަށް އަމާޒުކޮށް ސަރުކާރުގެ ފަރާތުން ޤާޢިމުކުރެވިފައިވާ އިދާރާއެކެވެ.