Ads by Aqeeqa Maldives

ޚަބަރު

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށް އިމިގްރޭޝަނުން އެޑްވައިޒަރީއެއް އާންމުކޮށްފި

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށް އިމިގްރޭޝަނުން އެޑްވައިޒަރީއެއް އާންމުކޮށްފި

ރާއްޖެއަންނަ ބައެއް ފަތުރުވެރިން އިމިގްރޭޝަން ކިއުގައި ފޮޓޯ: އިންޑިޕެންޑަންޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޭޕްރީލު 2025، 11:01

16 އޭޕްރީލު 2025، 11:01

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ނެރުނު އެޑްވައިޒަރީގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާ ކަމެކެވެ. މި ނިންމުމަކީ އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙެއް ރައީސުލްޖުމްހޫރިއްޔާ  ޑޮކްޓަރ މުޙައްމަދު މުޢިއްޒު  ތަސްދީޤުކުރެއްވުމާ ގުޅިގެން އަމަލުކުރަން ފަށާފައިވާ ނިންމުމެކެވެ.



މި ނިންމުމާ ގުޅިގެން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ރާއްޖެއަށް ހުއްޓިފައެވެ. މީގެ ތެރޭގައި އަލްޖަޒީރާ، ރަޝިޔާގެ އާރްޓީ ނިއުސް އަދި އެހެނިހެން ބޮޑެތި މީޑިއާތައް ހިމެނެއެވެ. އަދި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައިވެސް ގިނަ ފަރާތްތަކުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ނިންމި ނިންމުން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް ތަޢުރީފުގެ މެސެޖުތަކާއި ޝުޢޫރުތައް ފޮނުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ  ވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި މިކަމަށް ވަކާލާތު ކުރައްވަމުން ގެންދަވައެވެ. އެމަނިކުފާނު ވަނީ ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކު ކަމަށް ހާމަކުރައްވައި، އެކަމަށް އަޑުއުފުއްލަވާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS