Ads by Aqeeqa Maldives

ޚަބަރު

ޓްރަމްޕް ވިސްނަނީ ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން

ޓްރަމްޕް ވިސްނަނީ ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން

ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޭޕްރީލު 2025، 10:36

16 އޭޕްރީލު 2025، 10:36

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އަޅަމުންދާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ތެރެއިން ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ އެމްބަސީތަކެއް ބަންދުކުރަން ނިންމާފައިވާއިރު، ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕުގެ ސަރުކާރުން ވަނީ 10 އެމްބަސީއަކާއި 1717 ކޮންސިއުލޭޓެއް ބަންދުކުރުމަށް މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން، ގިނަ ޚާރިޖީ މިޝަންތަކަކުން މުވައްޒަފުން މަދުކުރުމަށް ވެސް މަޝްވަރާކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މެމޯތަކަކާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުން ބުނެފައިވަނީ، މިއީ ޚަރަދު ކުޑަކުރުމަށް އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކުރަން ރާވާފައިވާ ކަމެއް ކަމަށެވެ. މި ގޮތުން، ސްޓޭޓް ޑިޕާޓްމަންޓުގެ ޚަރަދު 50 އިންސައްތަ ކުޑަކުރުމަށް ރޭވުންތައް ރާވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ބަންދުކުރަން ނިންމާފައިވާ އެމްބަސީތަކުގެ ތެރޭގައި، އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކާއި، ޔޫރަޕުގެ ބައެއް ޤައުމުތަުމުތަކުގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމެނެއެވެ. ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

މި ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާ ގުޅުންހުރި މަސައްކަތްތައް ހަވާލުކުރެވޭނީ ކައިރީގައި ހުންނަ އެހެން އެމްބަސީއަކަށް ކަމަށް ލަފާކުރެވެއެވެ. މީގެ ކުރިން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއިންނެވެ.

މި ނިންމުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ޔޫރަޕުގައި އެމެރިކާގެ ސީދާ ޑިޕްލޮމެޓިކް ޚިދުމަތް ނުވަތަ މިޝަންތައް ހުރި މިންވަރަށްވުރެ އެމެރިކާގެ ވާދަވެރިޔާ ޗައިނާގެ މިޝަންތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS