Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޓިކްޓޮކްގެ އިސް ވަފުދާ ބައްދަލުކުރައްވައި ޑިޖިޓަލައިޒޭޝަންގެ ވިޝަން ހިއްސާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޓިކްޓޮކްގެ އިސް ވަފުދާ ބައްދަލުކުރައްވައި ޑިޖިޓަލައިޒޭޝަންގެ ވިޝަން ހިއްސާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޓިކްޓޮކްގެ އިސް ވަފުދާއި އެކު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޭޕްރީލު 2025، 10:23

16 އޭޕްރީލު 2025، 10:23

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓިކްޓޮކްގެ އިސް ވަފުދަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ޑިޖިޓަލައިޒޭޝަންގެ ވިޝަން ހިއްސާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިއަދު ރައީސް އޮފީހުގައެވެ.

ބައްދަލުވުމުގައި ރައީސް މުއިއްޒު، ރާއްޖޭގެ ޑިޖިޓަލައިޒޭޝަންގެ ވިޝަން ހިއްސާކުރެއްވިއިރު، ޓިކްޓޮކްގެ ޓީމުން އެ ވިޝަނަށް އެހީތެރިވެދެވިދާނެ ގޮތްތައް ފާހަގަކޮށްފައިވެއެވެ. ދެފަރާތުން ވަނީ މުސްތަޤުބަލުގައި އެއްބާރުލުން ދިނުމާމެދު އުއްމީދު ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގެ އިތުރުން، ޓިކްޓޮކްގެ ވަފުދުން ވަނީ ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކާވެސް ބައްދަލުކުރައްވާފައެވެ. މިގޮތުން، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތާ ބައްދަލުކުރައްވައި، ޓިކްޓޮކް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.



އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވައި، ދިވެހީންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް، ކަމާ ގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދިވެހީންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މި ބައްދަލުވުންތަކަކީ އެ ވައުދުފުޅު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS