ދުނިޔެ

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމަށް އެމެރިކާގެ ރައީސް އިންޒާރުދެއްވައިފި

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމަށް އެމެރިކާގެ ރައީސް އިންޒާރުދެއްވައިފި

އެމެރިކާ އަދި އީރާން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 01:26

15 އޭޕްރީލު 2025، 01:26

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ދަށުން ބިނާކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެއެވެ. މި އިންޒާރު ދެއްވާފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލުމަށް ފަށާފައިވާ މަޝްވަރާތަކަށް އިޝާރާތްކުރައްވައެވެ.

އޭޕްރިލް 12 ވަނަ ދުވަހު އޮމާނުގައި ބޭއްވުނު ބައްދަލުވުމެއްގައި އީރާނާއި އެމެރިކާގެ އޮފިޝަލުން ބައިވެރިވެ، ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އޮމާނުން އަދާކޮށްފައިވެއެވެ. ނަމަވެސް، މި މަޝްވަރާތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވެފައިވަނީ، އެއްބަސްވުމެއް އެކުލަވާލަން އީރާނުން ފަސްޖެހެމުންދާ ކަމަށާއި، އެއީ ގަސްދުގައި ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވާ ކަމަށެވެ.

އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ތަސައްވުރު ދޫކޮށްލުން. އެ މީހުންނަށް ނިއުކްލިއަރ ހަތިޔާރެއް ލިބުނަ ނުދޭނަން

ޓްރަމްޕް 

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދިނުމާ މެދު ވިސްނަމުންދާކަމަށް ވެސް އެމެރިކާގެ ރައީސް ހާމަކުރެއްވިއެވެ.

އޮމާނުގައި ބޭއްވުނު މަޝްވަރާތަކުގައި އީރާން ތަމްސީލުކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އެވެ. އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. ދެ ފަރާތުން ވެސް މި ބައްދަލުވުން ސިފަކޮށްފައިވަނީ ކާމިޔާބު އަދި ބިނާކުރަނިވި މަޝްވަރާތަކެއްގެ ގޮތުގައެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވާއިރު، 2015 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ނިއުކްލިއަރ އެއްބަސްވުން 2018 ގައި ޓްރަމްޕްގެ ވެރިކަމުގައި ބާޠިލުކުރެވުނެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS