ޚަބަރު
ތެރަޕީތަކާއި ޞިއްޚީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް މިނިސްޓަރާއި ހިއްސާ ކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ޞިއްޚަތާބެހޭ ވަޒީރާއި ބައްދަލުކުރެއްވުން

ފަރުދުން
15 އޭޕްރީލު 2025، 10:55
15 އޭޕްރީލު 2025، 10:55
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ޞިއްޚީ ޚިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ސިއްޚަތާބެހޭ ވަޒީރާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާއެކު ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ބޭއްވި ޚާއްޞަ ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭ ހޮސްޕިޓަލާއި ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަނީ އެކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން އެކުދިންނަަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ވަޒީރު ޢަބްދުﷲ ނާޒިމް ވަނީ ބެލެނިވެރިންގެ ކަންބޮޑުވުން އަޑު އައްސަވާ އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތާއި ކުރެވެން ހުރި ކަންކަން ހިއްސާކޮށްފައެވެ.