ޚަބަރު
ބެލެނިވެރިންނަށް ޚާއްޞަ ސެޝަން "ބެލެނިވެރިންގެ ހޮޅުއަށި" މިމަހު 24ގައި

"ބެލެނިވެރިންގެ ހޮޅުއަށި" މިމަހު 24ގައި
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން "ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ވިދާޅުވީ މި ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބަރ ކްރައިމްތަކާއި، އަދި މިނޫންވެސް އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް މައުލޫމާތު ދޭނެ ކަމަށެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 24 ވަނަ ދުވަހުގެ ރޭ 20:30 އިން 22:30 އަށް ސޯޝަލް ސެންޓަރުގައެވެ. މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
"ބެލެނިވެރިންގެ ހޮޅުއަށި" އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެއް ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.