Ads by Aqeeqa Maldives

ޚަބަރު

"އިމެޖިން ޔޫ އާރ ދަ އޯޝަން" ޔޫ.ޕީ.ޔޫގެ 54 ވަނަ ސިޓީ ލިޔުމުގެ މުބާރާތް: ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

"އިމެޖިން ޔޫ އާރ ދަ އޯޝަން" ޔޫ.ޕީ.ޔޫގެ 54 ވަނަ ސިޓީ ލިޔުމުގެ މުބާރާތް: ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

"އިމެޖިން ޔޫ އާރ ދަ އޯޝަން" ޔޫ.ޕީ.ޔޫގެ 54 ވަނަ ސިޓީ ލިޔުމުގެ މުބާރާތް ފޮޓޯ:މޯލްޑިވް ޕޯސްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 10:38

15 އޭޕްރީލު 2025، 10:38

މޯލްޑިވްސް ޕޯސްޓުން ވަނީ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) އިން ބާއްވާ 54 ވަނަ ސިޓީ ލިޔުމުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި މުބާރާތަކީ ޔޫ.ޕީ.ޔޫގެ 192 ޤައުމަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންގެ އުފެއްދުންތެރިކަން ފާޅުކޮށް، ބަހުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ހިތްވަރު ދިނުމެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ 9 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. ޔޫ.ޕީ.ޔޫއިން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތީމްއަކީ "އިމެޖިން ޔޫ އާރ ދަ އޯޝަން" އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މި ތީމްގެ ދަށުން ތިމާއަކީ ކަނޑުކަމުގައި ވިސްނައިގެން، ކަނޑު ރައްކާތެރިކޮށް ބަލަހައްޓަންވީ ސަބަބާއި އެކަން ކުރާނެ ގޮތް ބަޔާންކޮށް ސިޓީއެއް ލިޔަންވާނެއެވެ. މި މުބާރާތަކީ މުޅި ދިވެހިރާއްޖެއަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ، 2 ވަނައަށް 1000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 1 ވަނައަށް ހޮވޭ ފަރާތުގެ ހުށަހެޅުން ޔޫ.ޕީ.ޔޫގެ 54 ވަނަ މުބާރާތުގެ ފައިނަލް ސެލެކްޝަނަށް ފޮނުވިގެންދާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ތީމްގެ ދަށުން އިނގިރޭސި ބަހުން ސިޓީއެއް ލިޔެ، އެ ސިޓީ [email protected] އަށް އީމެއިލް ކުރަންވާނެއެވެ. މުބާރާތާ ގުޅޭ އިތުރުިތުރު މަޢުލޫމާތު https://www.gazette.gov.mv/iulaan/333262 އިން ލިބިގެންދާނެއެވެ. 


މި ލިޔުން ކިޔާލުމުން

Ads by MSS