Ads by Aqeeqa Maldives

ޚަބަރު

ޓިކްޓޮކް މެދުވެރިކޮށް ރާއްޖޭގައި އާމްދަނީހޯދޭނެ އާ މަގުތައް ހުޅުވުމަށް މަޝްވަރާކޮށްފި

ޓިކްޓޮކް މެދުވެރިކޮށް ރާއްޖޭގައި އާމްދަނީހޯދޭނެ އާ މަގުތައް ހުޅުވުމަށް މަޝްވަރާކޮށްފި

ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާތަކެއް ކުރިއަށްދަނީ ފޮޓޯ:ވުޒާެރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 09:26

15 އޭޕްރީލު 2025، 09:26

ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ވެފައިވާ ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެކްސްގައި އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާތަކެއް ކުރެވިފައިވެއެވެ. މި މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށްވާ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމުގެ މަގްސަދުގައި ކަމަށެވެ.

މިހާރުވެސް ޓިކްވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަން ފާހަގަކުރެވެއެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑު" މެދުވެރިކޮށް، މަޝްހޫރު ވީޑިއޯ އުފައްދާ ފަރާތްތަކަށް ފައިސާ ލިބެމުންދެއެވެ. މީގެ އިތުރުން، ލައިވް ސްޓްރީމިންގ މެދުވެރިކޮށްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިފައިވެއެވެ. ރާއްޖޭގައިވެސް މިހާރު ބައެއް ފަރާތްތަކުން މި ގޮތަށް އާމްދަނީ ހޯދަމުންދާކަން ފާހަގަކުރެވެއެވެ.



މި އައު މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ފުޅާވެ، ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS