Ads by Aqeeqa Maldives

ޚަބަރު

ކުށްވެރިން ބަންދުކުރާ މަރުކަޒުތަކުގައި ސީސީޓީވީ ހަރުކުރެވެންދެން ގަވާއިދުން މޮނީޓަރ ކުރަން ލަފާދީފި

ކުށްވެރިން ބަންދުކުރާ މަރުކަޒުތަކުގައި ސީސީޓީވީ ހަރުކުރެވެންދެން ގަވާއިދުން މޮނީޓަރ ކުރަން ލަފާދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ފޮޓޯ:ރާއްޖެ އެމްވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 09:21

15 އޭޕްރީލު 2025، 09:21

ހުރިހާ ޖަލުތަކާއި، ސްޓޭޝަންތަކާއި މަރުކަޒުތަކުގައި ސީސީޓީވީ ހަރުކުރެވެންދެން، ބަންދު މަރުކަޒުތަކުގައި ބައިތިއްބާ މީހުންގެ ގޮޅިތައް ގަވާއިދުން  މޮނިޓާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ލަފާ ދީފިއެވެ. މި ލަފާ ދިނުމުގެ މައިގަނޑު ސަބަބަކީ ފަހަކަށް އައިސް ބަންދު މަރުކަޒުތަކުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހާދިސާތަކެއް ހިނގަމުން ދިއުމެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 9:12 ގައި ކުޅުދުއްފުށީ ފުލުހުންގެ ގޮޅީގައި ހުރި މީހަކު އަމިއްލަ ނަފުސަށް ގެއްލުން ދިންކަމަށް ފުލުހުންގެ ޚިދުމަތުން އެޗްއާރުސީއެމަށް ރިޕޯޓު ކުރިއެވެ. މި މައްސަލަ ތަޙުޤީޤު ކުރުމަށް އެޗްއާރުސީއެމްގެ ޓީމެއް ވަނީ ކުޅުދުއްފުށީ ފުލުހުންގެ ގޮޅިއަށް ޒިޔާރަތްކޮށްފައެވެ.

ކުޅުދުއްފުށީ މަނާޒްގޭ، 34 34 އަހަރުގެ ސާޖިދު ސަމީަމީރު ވަނީ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ. އަދި އެޗްއާރުސީއެމްގެ ތަޙުޤީޤު ޓީމު ކުޅުދުއްފުށީގައި މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުންގެ ގޮޅީގައި ހުރި އިތުރު މީހަކުވެސް އަމިއްލަ ނަފުސަށް ގެއްލުންދޭން އުޅުނު ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ޖަލު ބަންދުގައި ހުރި މީހަކު އަމިއްލަ ނަފުސަށް ގެއްލުން ދިން މައްސަލައެއްވެސް އެޗްއާރުސީއެމުން ތަޙުޤީޤުކޮށްފައިވެއެވެ.

އެޗްއާރުސީއެމުން ވަނީ 2022 ވަނަ އަހަރު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަންސްގެ ބަންދު ގޮޅިތަކުގައި ކެމެރާ ހަރުކުރުމަށް އަންގާފައެވެ. ނަމަވެސް، ބަޖެޓުގެ ދަތިކަން ހުރުމާއެކު މި މަސައްކަތް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްދާ ކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އެޗްއާރުސީއެމުން ވަނީ އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ގޮޅިން ނެރުމަށްފަހު ބައިތިއްބާ ސަރަހައްދަކީ ކެމެރާ ހަރުކޮށްފައި ހުންނަ ސަރަހައްދެއްކަން ކަށަވަރުކުރުމަށާއި، އެފަދަ މީހުން ގާތުން ބަލައި މޮނިޓާ ކުރުމަށްވެސް ލަފާދީފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS