Ads by Aqeeqa Maldives

ޚަބަރު

ދިވެހި ޙައްޖާޖީންނަށް ސަޢުދީގެ އަލް އަބީރު ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް މަޝްވަރާކޮށްފި

ދިވެހި ޙައްޖާޖީންނަށް ސަޢުދީގެ އަލް އަބީރު ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް މަޝްވަރާކޮށްފި

ސަޢުދީގެ އަލް އަބީރު ހޮސްޕިޓަލުގައި ބޭއްވުނު ބައްދަލުވުން ފޮޓޯ:ހައްޖު ކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 08:48

15 އޭޕްރީލު 2025، 08:48

ދިވެހި ޙައްޖާޖީންނަށް ޚިދުމަތް ދިނުމަށް، ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭނޭޝަނަލް ހޮސްޕިޓަލާއެކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޝްވަރާކޮށްފިއެވެ. މި ދެ ފަރާތުގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި، ޙައްޖާޖީންނަށް ސިއްޙީ  އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި، އަލް އަބީރު ހޮސްޕިޓަލް މެދުވެރިވެ މައްކާގައި ޙައްޖު ވެރިން ތިބޭ ހޮޓަލުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނެވެ. 

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ޙައްޖަށް ދިއުމަށް ކިޔޫގައި ތިބީ 9،115 މީހުންނެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7،543 މީހުންނާއި، 65 އަހަރާއި 75 އަހަރާ ދެމެދުގެ 1،461 މީހުން، އަދި 75 އަހަރުން މަތީގެ 111 މީހުން ހިމެނެއެވެ.

މިދިޔަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ސިއްޙީ ކަންކަން ބެލެހެއްޓުމަށް 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނޭ ޚާއްޞަ ޓީމެއް އެކުލަވާލެވުނެވެ. އަދި މައްކާގެ ހޮޓަލުގައި ޑޮކްޓަރަށް ދެއްކުމަށް ޚާއްޞަ ކްލިނިކަކާއި ބޭސް ނެގުމަށް ފާމަސީއެއްވެސް ޤާއިމްކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެ ކަމަށެވެ. 

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ގެނެވުނު ބަދަލާއެކު، މިއަހަރު ގިނަ ދިވެހިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS