ކޮލަމް
ގަންނަ އަންނައުނު ލުމުގެ ކުރިން ދޮންނަންޖެހޭ ސަބަބަކީ މިއީ!

ރިންގް ވޯމް ފޮޓޯ:އިންޓަރނެޓް
އައު އަންނައުނު ފިހާރައިން ގަންނަ ވަގުތު ފުރިހަމަކަމަށް ފެނުނު ނަމަވެސް ، އެ އަންނައުނު ލުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ އެއް ކަމެއް އެބައޮތެވެ: އެއީ އެ އަންނައުނު ދޮވުމެވެ.
ކީއްވެ؟ އެއީ އައު އަންނައުނުގައި ބެކްޓީރިއާ، ކެމިކަލް، އަދި ފަންގަސް ފަަދަ ތަކެތި ހުރެދާނެތީއެވެ. މިފަދަ ތަކެތީގެ ސަބަބުން ހަމުގައި ރަތްވުމާއި، އެލަރޖީ އާއި، އަދި ބައެއް ޙާލަތްތަކުގައި — ރިންގްވޯމް ( ގައިން ގަޔަށް އަރާ ފަންގަސް އިންފެކްޝަނެއް) ޖެހުމަށް މަގުފަހިވެދާނެތީއެވެ.
އައު އަންނައުނުގައި ފޮރުވިފައި ހުންނަނީ ކޮން އެއްޗެއް؟
އަންނައުނު އުފެއްދުމާއި ސަޕްލައި ކުރުމުގެ މަރުޙަލާގައި، އެތައް ބައެއްގެ އަތްތަކާއި، ފެކްޓްރީތަކާއި، ގުދަންތަކުން އެ އަންނައުނު ހިނގައިދެއެވެ. ގިނަ އަންނައުނުތަކުގައި ފޯމަލްޑިހައިޑް އަދި އަޒޯ ޑައި ފަދަ ކެމިކަލްތައް ލައެވެ. މިއީ އަންނައުނު ރޫނުޖެހުމަށާއި ، ފޫޖެހުން ހުއްޓުވުމަށާއި، ކުލަ ފަނޑުވެ ދިއުން ހުއްޓުވުމަށް ކުރާ ކަމެކެވެ — ނަމަވެސް މިފަދަ ކެމިކަލްތަކުން ހަމުގެ މައްސަލަ އުފެދިދާނެއެވެ. ޚާއްޞަކޮށް އެލަރޖީ ނުވަތަ ނާޒުކު ހަންހުންނަ މީހުންނަށެވެ.
މީގެ އިތުރުން، ޑަރމަޓޮލޮޖިސްޓުން އިންޒާރުދެނީ ފަންގަސް ސްޕޯރތަކާއި ބެކްޓީރިއާ ފޭރާމުގައި ހަރުލާނެ ކަމަށެވެ. ޚާއްޞަކޮށް ތެތްކަން ބޮޑު މާޙައުލުތަކުގައެވެ. ހަމުގެ އިންފެކްޝަނެއް ހުރި މީހަކު އެ އަންނައުނު ގެންގުޅެފައިވާނަމަ، ނުވަތަ އެތައް މީހުންނެއް އެ އަންނައުނު ލައި ބަލާފައިވާނަމަ، އެ ފޭރާން ޖަރާސީމު އުފެދޭ އެއްޗަކަށް ވެދާނެއެވެ.
އަޅުގަނޑުމެންނަށް ފެނިފައިވޭ އައު އަންނައުނު ނުދޮވައި ލުމުގެ ސަބަބުން ކޮންޓެކްޓް ޑަރމަޓައިޓިސް އަދި ރިންގްވޯމް ޖެހޭ މައްސަލަތައް،ޚާއްޞަކޮށް ހަށިގަނޑާ ވަރަށް ގާތުން ޖެހޭ އަންނައުނު، މިސާލަކަށް ލެގިންގްސް ނުވަތަ އެތެރެއިން ލާ އަންނައުނުގައި މިކަން ފާހަގަކުރެވޭ
ޑަރމަޓޮލޮޖިސްޓް ޑރ. ލައިލާ އަޙްމަދް
އެއް ފަހަރު ދޮވުމުން ނައްތާލެވޭނެ ތަކެތި:
- އަންނައުނު އުފެއްދުމުގައި ހުށައެޅޭ ކެމިކަލްތައް
- އެހެން މީހުންގެ ހަމުގެ ސެލްތަކާއި، ދަލާއި، ތެޔޮ
- މޯލްޑް ސްޕޯރތަކާއި އިންފެކްޝަން އުފައްދާ ފަންގަސް
ހޫނު ފެނާއި ޑިޓަރޖެންޓަކީ މިކަމުގެ އެންމެ ރަނގަޅު ދިފާޢެވެ. ޓެގުގައި "އައު" ކަމަށް ލިޔެފައި އޮތް ނަމަވެސް މެއެވެ.
އައު އަންނައުނު ސާފުކަމަށް ފެނުނު ނަމަވެސް، ފެންނަ ފެނުމަކީ ގިނަފަހަރަށް އޮޅުވާލުމެކެވެ. އެހެންކަމުން، ދެން ފަހަރަކު އަންނައުނު ގަންނަ އިރު، ބޭނުންކުރުމުގެ ކުރިން ދޮންނަން ހަނދާންކުރާށެވެ.