Ads by Aqeeqa Maldives

ޚަބަރު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފި

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފި

ރާއްޖޭގައި އިސްރާއީލާއި ދެކޮޅަށް ބޭއްވުނު މުޒާހަރާއެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޭޕްރީލު 2025، 02:42

14 އޭޕްރީލު 2025، 02:42

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެއަށް އެތެރެނުވެވޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފިއެވެ. މި ނިންމުމަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 2022 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅުނު މި ބިލު، ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީ މަރުހަލާގައި އޮތުމަށްފަހު، މިއަދު ބޭއްވުނު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ބިލު ފާސްކުރުމުގެ ކުރިން، ކޮމިޓީން ވަނީ ބިލަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ. މީގެ ބަދަލުގައި، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން އުޅޭ މީހުންނަށް އެކަނި މަނާކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާ އެކު، އިޒްރޭލު ޕާސްޕޯޓާއެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބިލު ފާސްކޮށްފައިވަނީ ސަރުކާރު ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ އިއްތިފާގުންނެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS