Ads by Aqeeqa Maldives

ޚަބަރު

އައްޑޫ ސިޓީގައި ހިނގި އެކްސިޑެއްޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެއްޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ލިންކު ރޯޑު: ފޮޓޯ: އައްޑޫ ޓައިމްސް

farudhun logo

ފަރުދުން

12 އޭޕްރީލު 2025، 10:03

12 އޭޕްރީލު 2025، 10:03

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއްޖެހި ޖެހި، ހިނގި އެކްސިޑެންޓުގެ ރިޕޯޓު 19:29 ހާއިރު ލިބިފައިވާކަމަށެވެ. އެގޮތުން އެކްސިޑެންޓުގައި ސައިކަލް ދުއްވި ފަރާތް އަނިޔާވެގެން  ފުލުހުން އެމީހާ ސިއްޚީ މަރުކަޒަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެfaއިވާކަމަށް ސިއްޚީ މަރުކަޒުން މަޢުލޫމާތުދީފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސ.ފޭދޫ، އުލްފަތު/ އިބްރާހިމް ސިޔާދު (36އ) އެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ ޢުމުރުން 23 އަހަރުގެ މުޙައްމަދު މާހިލް މުމްތާޒް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސަ ފުލުހުން ގެންދަނީ ތަހުޤީޤްކުރައްވަމުންނެވެ.

މިރޭ އައްޑޫ ސިޓީގައި ހިނގާދިޔަ އެކްސިޑެންޓުގައި މީހަކު ނިޔާވެފައިވާއިރު، ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައިވެސް ރޭގެ ވަގުތެއްގައި ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS