Ads by Aqeeqa Maldives

ޚަބަރު

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ޢަމަލީ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފި

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ޢަމަލީ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފި

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ޢަމަލީ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

12 އޭޕްރީލު 2025، 05:38

12 އޭޕްރީލު 2025، 05:38

ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ހުޅުމާލޭގައި ބިނާކުރާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ޢަމަލީ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފިއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިތުރުން ދަޢުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މި ޕްރޮޖެކްޓަށް އިންވެސްޓުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޤައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިސްލާމިކުންނެވެ. އިސްލާމީ ޔުނިވަރސިޓީން ހުޅުމާލޭގައި ތަރައްޤީކުރާ މި އިމާރާތަކީ ނަފާ ލިބިލިބި ހުންނާނެ 6 ފަންގިފިލާގެ އިމާރާތެކެވެ. 

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛް އަހުމަދު އަމީން މުޙައްމަދު ވިދާޅުވީ އައިޔޫއެމް ސަނާބިލް ވެގެންދާނީ މަތީ ތަޢުލީމަށް އެޅިގެންދާ އިތުރު ހަރުފަތެއް ކަމަށެވެ. އަމީން ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ކުރިމަގާއި ގުޅިފައިވާ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވަރސިޓީއާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީީއެމްްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ ދީނީ ތަޢުލީމަށާއި ގައުމުގެ އިޖްތިމާޢީ އިޤްތިޞާދަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ. މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން އިންވެސްޓު ކުރެއްވީ ތަޢުލީމީ، އަޚްލާޤީ އަދި އިޤްތިޞާދީ ގޮތުން ވަރުގަދަ ދިިވެހިރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދޭނެ އިލްމުވެރިންނާއި، ލީޑަރުންނާއި، ޕްރޮފެޝަނަލުން އުފައްދާނެ މުވައްސަސާއަކަށް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސައްވުރާއި ބީއެމްއެލްގެ އަމާޒުތަކާއި ގުޅިލާމެހިފައިވާކަމަށެވެ. އެގޮތުން  ސަރުކާރުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ މުހިއްމު މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވެ،  އެހީތރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހުންނާނެކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS