ޚަބަރު
މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ދޮގު

ޗެނަލް 13 ގެ ނަންބޯޑު: ފޮޓޯ- ސަން އޮންލައިން
މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ތޭރަ އޮންލައިން ކިޔާ ނޫހަކުން، ދުވާލެއްގެ މައްޗައް ރައީސުލްޖުމްހޫރިއްޔާގެ ކެއުމަށް 9000 ރުފިޔާ ޚަރަދުކުރާކަމަށް ބުނެ ލިޔަފައިވާ ޚަބަރަކާއި ގުޅިގެންނެވެ. މިނިސްޓަރ ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މިނިސްޓަރ ވަނީ މިފަދަ ދޮގު ޚަބަރު ނުފެތުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.
ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު! ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވާލަމެވެ. pic.twitter.com/ih8HEBou4A
— Iqbal Adam (@IqeyAdam) April 11, 2025
އެ ނޫހުން ބުނެފައިވާ ގޮތުގައި، ތަކެއްޗަށް އެރި ޖީއެސްޓީއާ އެކު ޖުމްލަ 9849.87 ރުފިޔާ ހޭދަކޮށްފައިވެއެވެ. ފައިސާ ދައްކާފައިވަނީ ވެސް ނަގުދު ފައިސާއިން ކަމަށާއި ރަސީދު ހަދާފައިވަނި މުލިއާގެ / އާރަށުގެ ނަމުގައި ކަމަށް ތޭރަ އޮންލައިންގެ ޚަބަރުގައި ވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ އިޤްބާލް ވަނީ މި ޚަބަރު ދޮގުކުރައްވައި، މިފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.