Ads by Aqeeqa Maldives

ޚަބަރު

އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގެ ހަނި ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގެ ހަނި ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ހަނި ގޯޅިތައް ތަރައްޤީކުރަނީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

12 އޭޕްރީލު 2025، 04:23

12 އޭޕްރީލު 2025، 04:23

ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރަތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކާއި، އަދި ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ގޯޅިތަކުގެ ޙާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދީފައިވާކަމަށެވެ. އެހެންކަމުން އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވާނެކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅި ތަކުގައި ދިރިއުޅޭ މީހުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މޭޔަރު އާޒިމް ވަނީ ހިނގާ ބިނގާވެ އުޅުމަށް ދަތިވާފަދަ ގޮތަށް މަގުތައް ހުރިނަމަ މި ފަދަ ދަތިތަކާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކައުންސިލަށް ފޮނުއްވުމަށް އެދިވަޑައިގެންފައެވެ. މި މަޢުލޫމާތުތައް ލިބިއްޖެނަމަ، އެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، މިހާރު ދިމާވާ ދަތިތައް ޙައްލު ކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށްވެސް މޭޔަރ ޢާޒިމް ވިދާޅުވެފައި ވެއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުން ކަމުގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS