ދުނިޔެ

މިހާރުގެ ހަމަލާތަކުން މަރުވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިން: އދ. ގެ ރިޕޯޓް

މިހާރުގެ ހަމަލާތަކުން މަރުވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިން: އދ. ގެ ރިޕޯޓް

ހަމަލާއެއްގައި ޒަޚަމްވެފައިވާ ކުއްޖެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 02:15

12 އޭޕްރީލު 2025، 02:15

 ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގައި މަރުވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިންކަން އދ. ގެ ތަޙުޤީޤަކުން ހާމަވެއްޖެއެވެ. މާޗު 18 އިން އޭޕްރިލް 9 އަށް އިސްރާއީލުން ދިން މަދުވެގެން 36 ހަމަލާއެއްގައި މަރުވެފައިވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިންކަން އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ކުރި ތަޙުޤީޤަކުން ދައްކައިފިއެވެ.

"އަޅުގަނޑުމެންނަށް ފެނުނު ކަންތައްތަކަކީ ވަރަށް ސިހުންގެނުވި ކަންތައްތަކެއް،" އދ. ގެ ތަޙުޤީޤުކުރި ފަރާތްތަކުން ބުނެފައިވެއެވެ. މި ތަޙުޤީޤުގައި އިސްރާއީލުން ދިން 36 ހަމަލާއެއް ބަލައި، އޭގެ ތެރެއިން ހުރިހާ ހަމަލާއެއްގައި މަރުވެފައިވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ފާއިތުވި ތިން ހަފުތާގެ ތެރޭގައި އިސްރާއީލުން ދީފައިވަނީ 224 ހަމަލާއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހުރި ޝުޖާއިއްޔާ ސަރަޙައްދުގައި މަދުވެގެން ދެ މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ އިތުރުން، ޚާން ޔޫނިސްގައި ހުރި ގެއަކަށް ހަމަލާ ދީ، މީހުން ޒަޚަމްވެފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ހަމަލާތައް ދެމުންދާއިރު، އެތައް ބަޔަކު ވަނީ ތަޅާފޮޅުމުގެ ތެރޭގައި ، ކާބޯތަކެއްޗާއި އެހީ ނުލިބި ދަތި ޙާލުގައި ޖެހިފައެވެ. ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެއްވެސް އެހީގެ ޓްރަކެއް ޣައްޒާއަށް ވަދެފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS