ދުނިޔެ

ޣައްޒާގައި ތުއްތުކުދިންނާއި ކުޑަކުދިން ބަނޑުހައިހޫނުކަމުގައި

ޣައްޒާގައި ތުއްތުކުދިންނާއި ކުޑަކުދިން ބަނޑުހައިހޫނުކަމުގައި

ޣައްޒާގައި ތުއްތުކުދިންނާއި ކުޑަކުދިން ބަނޑުހައިހޫނުކަމުގައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 02:08

12 އޭޕްރީލު 2025، 02:08

ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށާއި، ތުއްތު ކުދިންނާއި ކުޑަ ކުދިން ބަނޑުހައިހޫނުކަމުގައި ނިދަން ޖެހިފައިވާ ކަމަށް އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން ވަނީ ބުނެފައެވެ.

އަންރުވާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ޖުލިއެޓް ޓޫމާ ވިދާޅުވި ގޮތުގައި، އިސްރާއީލުން ޣައްޒާއަށް އެހީ އާއި ވިޔަފާރި މުދާ ވެއްދުން ހުއްޓުވާލިތާ 6 ހަފްތާ ވެފައިވާއިރު، ކާބޯތަކޯތަކެތީގެ ސްޓޮކް ހުސްވެ، ބޭކަރީތައް ބަންދުވެ، ބަނޑުހައިހޫނުކަން ފެތުރެމުންދެއެވެ.

އެކްސް  ގައި އަންރުވާއިން ޓޫމާގެ ބަސް ހިއްސާކުރަމުން ބުނެފައިވަނީ، "އިންސާނީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހިފައިވާ" ކަމަށެވެ.

މި ހާލަތުގައި ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ކުރިމަތިލާން ޖެހިފައިވަނީ ކާބޯތަކެތި އާއި ސާފު ފެން ނުލިބުމުގެ ދަތިކަމަމާއެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ނާޒުކު ހާލަތުގައިވާ މީހުންނަށް މި ހާލަތުގެ ނޭދެވޭ އަސަރު ބޮޑަށް ކުރަމުންދާ ކަމަށް ބެލެވެއެވެ.

އަންރުވާއިން މި އިންޒާރު ދީފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ މި ކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS