ދުނިޔެ

ޣައްޒާގެ ހާލަތު "ވަރަށް ބޮޑަށް ނުރައްކާތެރި" ވެއްޖެކަމަށް އ.ދ އިން ބުނެފި

ޣައްޒާގެ ހާލަތު "ވަރަށް ބޮޑަށް ނުރައްކާތެރި" ވެއްޖެކަމަށް އ.ދ އިން ބުނެފި

ޣައްޒާގެ ފެން ދޫކުރާ ސަރަޙައްދެއްގައި މީހުން ފެންބަލާ ގޮސް ފޮޓޯ:އަލް ޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 02:04

12 އޭޕްރީލު 2025، 02:04

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު "ވަރަށް ބޮޑަށް ނުރައްކާތެރި" ވެފައިވާ ކަމަށް އދ. ގެ އިންސާނީ އެހީތެރިކަމުގެ ކަންކަން ވިލަރެސްކުރާ އޮފީހުން (އޯސީއެޗްއޭ) ބުނެފިއެވެ.

އޯސީއެޗްއޭގެ މުވައްޒަފެއް ކަމަށްވާ އޮލްގާ ޗެރެވްކޯ ވަނީ ދެއިރު އަލް-ބަލާހުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މިހާރު ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބުނެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން ހަފްތާއަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި 400،000 އަށްވުރެ ގިނަ މީހުން ވަނީ ނިކަމެތިވެފައެވެ.

ފެނުގެ ވަރަށް ބޮޑު ދަތިކަމެއް ދިމާވެފައިވޭ. ފެނުގެ ވަސީލަތްތައް ވަނީ ހަލާކުވެ، ނައްތާލެވިފަ. މީގެ ސަބަބުން ސާފުތާހިރުކަމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފަ

 އޮލްގާ 

އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ގެއްލުން ލިބިފައިވާ މިންވަރު ބޮޑުކަމުން، އޯސީއެޗްއޭ އަށް ހުރިހާ ވަސީލަތްތަކެއް މަރާމާތުކުރުމަށް ދަތިވެފައިވެއެވެ. އަދި ބައެއް ފެން ވަޅުތައް ހުރީ މީހުން ހުސްކުރަން އަމުރުކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ފެނުގެ ދަތިކަމުގެ ސަބަބުން ހަމުގެ ބަލިތަކާއި، އާންމު ސިއްހަތާ ގުޅޭ މައްސަލަތައް، އޭގެ ތެރޭގައި ފްލީސް، މައިޓްސް އަދި އުކުނުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށްވެސް އޮލްގާ ފާހަގަކުރެއްވިއެވެ.

"40 ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ އެއްވެސް އެއްޗެއް ނުވަދެ. އެހެންކަމުން، ހުރިހާ އެއްޗެއް ހުސްވަމުން މިދަނީ. އޭގެ ތެރޭގައި ކޮންމެހެން ބޭނުންވާ ބޭސް އަދި ޓްރޯމާ ސަޕްލައިސްވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

މި ހާލަތާ ގުޅިގެން އޯސީއެޗްއޭ އިން ވަނީ ފެން ބޯޓުފަހަރު މެދުވެރިކޮށް ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފެން ލިބޭނެ ޕޮއިންޓްތައް ޤާއިމްކޮށްފައިވާ ކަމަށް ބުނެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS