Ads by Aqeeqa Maldives

ޚަބަރު

ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކު ބޯޓުގެ ބުރަފަތީގައި ޖެހި  ޒަޚަމްވެއްޖެ

ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކު ބޯޓުގެ ބުރަފަތީގައި ޖެހި  ޒަޚަމްވެއްޖެ

ސެސްނާގެ 150/152 މަރުކާގެ ބޯޓެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 12:50

12 އޭޕްރީލު 2025، 12:50

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއް، ޓްރެއިނިންގ މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެވެ.

ޒަޚަމްވެފައިވާ ދަރިވަރަކީ ހދ. ހަނިމާދޫ، އަބްދުލް މާނިއު އެވެ. މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލިޕީންސްގައި ކިޔަވާ އެހެން ދިވެހި ދަރިވަރެއް މަޢުލޫމާތު ދެމުން ބުނީ، މި ހާދިސާ ހިނގާފައިވަނީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑްކޮށްފައި، ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށެވެ.

ބޯޓުން ފައިބައިގެން ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ. ވެއްޓި ބުރަފަތީގައި ޖެހުނީ. އޭނަ ހޮޑުލަވައިގަނެފައި ހުރީމާ ބޯޓުން ފޭބީ އަވަހަށް. އޭރު ނުނިއްވައި ހުރީ ޕްރޮޕް. އިންސްޓްރަކްޓަރު ބޯޓު ތެރޭގައި އިނީ

މައިލޫމާތު ދިން ދަރިވަރު

އެންމެ ބޮޑު އަނިޔާއެއް ވެފައިވަނީ މާނިއުގެ މޫނަށް ކަމަށް އެ ދަރިވަރު ފާހަގަކުރިއެވެ. ނަމަވެސް މާނިއުއަށް ވާހަކަދައްކާ ހެދޭ ކަމަށް އޭނާ ބުންޏެވެ.

"ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ. މޫނަށް ވަރަށް ބޮޑު އިންޖަރީއެއް ވެފައި ހުރީ. އެކަމަކު ވާހަކަދައްކާ ހަދާ،" އޭނާ ބުންޏެވެ.

މާނިއު ފިލިޕީންސްގައި ތަޢުލީމު ހާސިލުކުރަމުން ދާތާ އެއް އަހަރާއި ތިން މަސްދުވަސްވަރު ވެއްޖެ ކަމަށް މަޢުލޫމާތު ދޭ ދަރިވަރު ބުންޏެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS