Ads by Aqeeqa Maldives

ޚަބަރު

ވެލާނާ އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި

ވެލާނާ އެއާޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި

ވެލާނާ އެއަރޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތެއް ފޮޓޯ:އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 10:36

12 އޭޕްރީލު 2025، 10:36

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް، އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ފަށައިފި އެވެ.

މި ހަރަކާތްތައް ފެށިފައިވަނީ މިއަދު ހެނދުނު ވީއައިއޭގައި ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ.

އެމްއޭސީއެލްއިން މި ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ފަޅާލުމުގެ އިތުރުން، އެކުވެރިކަމުގެ ހިނގާލުމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.



މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ތަރައްގީގެ ގޮތުން އެތައް ކުރިއެރުންތަކެއް ވީއައިއޭއަށް ލިބޭނެ އަހަރެއް ކަމަށެވެ. އަދި ކުންފުނިތަކާ ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަކުން ނިންމާނީ ހަމައެކަނި ފެސިލިޓީތައް ކަމަށާއި، އެތަންތަން ހިންގައި ގައުމަށް އޭގެ ފައިދާ ހޯދައިދެނީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިސްކަން ދެއްވާކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެއާޕޯޓަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި، ވަންޑޭ ހޭންޑްބޯލް ކަޕެއް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS