Ads by Aqeeqa Maldives

ޚަބަރު

ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 10:30

12 އޭޕްރީލު 2025، 10:30

ގދ. ފިޔޯރީގައި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މަސައްކަތްތަކުގެ ތެރޭގައި 351،184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރުގެ 28،872 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާއި، 2901 އަކަ މީޓަރުގެ ސަރަހައްދެއް ބެކްފިލްކުރުމާއި، 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރެވެޓްމެންޓް ޖެހުމާއި، 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 260 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށި ލުމާއި، 17 މަގު ބައްތި ޖެހުމާއި، ހަތަރު ނެރު ބައްތި އަދި 66 މޫރިންގް ރިންގްސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢަށް 38.91 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.



އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ފިޔޯރީ ނެރާއި ފަޅު ފުންކުރުމާއި އެއްގަމު ތޮށި ބޮޑުކުރުމުން ފިޔޯރީ ރައްޔިތުންނަށް ލަފާފުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމްޓީސީސީއަށް 44 އަހަރު ފުރިގެންދާއިރު، އެ ކުންފުނިން މިހާތަނަށް ވަނީ މިފަދ މިފަދަ ގިނަ ބަނދަރުތަކެއް ތަރައްޤީކޮށްފައެވެ. އަދި މިހާރުވެސް މިފަދަިފަދަ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ކުރިއަށް ގެންދާކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS