Ads by Aqeeqa Maldives

ޚަބަރު

ޚާރިޖީ ވަޒީރު  އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް

ޚާރިޖީ ވަޒީރު  އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް

ޚާރިޖީ ވަޒީރު ތުރުކީވިލާތުގައި ފޮޓޯ ؛ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 05:15

10 އޭޕްރީލު 2025، 05:15

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވޭ "އަންތާލިޔާ ޑިޕްލޮމަސީ ފޯރަމް"ގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވާ ފޯރަމް އޮންނާނީ މިމަހުގެ 11 އިން 13 އަށް އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ. "ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް" މި ޝިއާރުގެ ދަށުން ބޭއްވޭ މި ފޯރަމްގައި، "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، ޑރ. ޚަލީލް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާނެ ކަމެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS