Ads by Aqeeqa Maldives

ޚަބަރު

މާމިގިލީގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް، ބިންގާ އަޅައިފި

މާމިގިލީގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް، ބިންގާ އަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ފޮޓޯ:ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 04:50

10 އޭޕްރީލު 2025، 04:50

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މިކަން ކުރިއަށް ގެންދިޔައީ މާމިގިލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމެވެ.

މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއާމަން ޤާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ޤާއިމުކުރާ މަރުކަޒެކެވެ. މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމްވެސް ހިމެނޭނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިއަހަރަކީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ތަޞައްވުރުކުރައްވާފައިވާތީ، އެމަނިކުފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



މި މަސައްކަތުގެ ދަށުން މުޅި ޖުމްލަ 83 ރަށެއްގައި ފުލުހުންގެ ޢިމާރާތްތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކުރައްވާފައެވެ. މި 83 ޢިމާރާތް ތަރައްޤީކުރެވުމުން ރާއްޖޭގައި ޚިދުމަތް ނެތް ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS