Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މިއަހަރު ތެރޭގައި އޭސީ ކުރެވޭނެ، ހޯލްތައްވެސް އޭސީކުރަން ނިންމައިފި

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މިއަހަރު ތެރޭގައި އޭސީ ކުރެވޭނެ، ހޯލްތައްވެސް އޭސީކުރަން ނިންމައިފި

ގއ ސްކޫލް ގެ ހޯލް ފޮޓޯ: ގއ މަދަރުސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 02:31

10 އޭޕްރީލު 2025، 02:31

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއް ނަމަވެސް ވަރަށް މުހިންމު މަސައްކަތެއްކަމުގައެވެ. މިގޮތުން މުޅި ރާއްޖޭގައި މިވަގުތުހުރި 3,704 ކްލާސްރޫމް އޭސީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ނިންމުމަށް އަމާޒު ކުރެވިފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނަމަވެސް ޔަގީންކަމާއި އެކު މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަހަރު ތެރޭގައެވެ.

މިހާރު ފަންޑިން އިޝޫ އެއްވެސް ނެތް ، ގަތުމުގެ ޕްރޮކިިއުމަންޓްގެ ތެރޭގައި ދަނީ ، އަދި ބައެއްތަންތާ 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ ،އެކިއެކި ކްލާސްތަކުގަ، އޭގެތެރެއިން އެއްބައި ދިޔައީ، 9000 ކޮންމެސް ވަރެއް ޖުމްލަ ދަނީ ، އޭގެތެރެއަށް އެބަ އިތުރު ކޮށްލަން މިހާރު ހޯލްތައްވެސް ، އެއީ ކުރިން އަޅުގަނޑު ވައުދުވީ ކަމެއް ނޫން

ރައީސް މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި މިހާރު މި މަސައްކަތަށް ބޭނުންވާ ފައިސާގެ މައްސަލައެއް ނެތެވެ. އަދި މިހާރު ވަނީ 800 އަށްވުރެ ގިނަ އޭސީ ހަރުކުރެވިފައެވެ. އަދި ޖުމްލަ 9,000 އަށްވުރެ ގިނަ އޭސީ ހަރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ކުރިން ވައުދުވެފައި ނެތް ނަމަވެސް، މިހާރު ވަނީ ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މަސައްކަތަކީ އިތުރު މަސައްކަތަށް ވީތީ  މިއަހަރުގެ ތެރޭގައި ނުނިމިދާނެކަން ރައީސް ހާމަކުރެއްވިއެވެ. 

ހޯލްތައްވެސް ވަރަށް މުހިންމު ، ހޯލްތަކުގަ ކުދިންގެ އެކި ކަހަލަ އެކްޓިވިޓީސް ތައް އެބަ އޮވޭ އެއީ ވަރަށް މުހިންމު މަރުކަޒަކަށް، އަނެއްކާ ގިނަ ރައްތަކުގަ އެއީ ހަމައެކަނި ސްކޫލްގެ ބޭނުމައް އެކަނި ބޭނުންކުރާ ތަނެއް ނޫން ، ރަށުގަ ނުހުރެ ރައްޔިތުން އެއްވެގެން އެއްވެސް ކަހަލަ އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް ، ޖަލްސާއެއް ބާއްވާލަން ވިޔަސް، ނޫނިއްޔާ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާލަން ވިޔަސް ހުންނަތަނަކީ މަލްޓި ޕާރޕަސް ހޯލް ގޮތައް ހުންނަ ހޯލްތައް އެހެންވީމާ އަޅުގަނޑުމެން މިހާރުއެއަށް އިތުރުމި ކޮށްލީ ހޯލްތައް ، އެކަމަކު އެޓާގެޓް މިއަަހަރު ތެރޭގައި ހާސިލެއް ނުވާނެ އެއީ އިތުރުވެގެންދާ މަސައްކަތެއް ވީމާ 

ރައީސް މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ރިޔާސީ ކެމްޕޭނުގައި ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކުރި އިރު، ކިޔަވާ ކުދިންގެ ފަރާތުން ވަރަށް ގިނައިން އައި އެދުމެކެވެ. އަދި މިކަމަކީ ހަޤީޤަތުގައި ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ހޫނުގެ ތެރޭގައި ރަނގަޅަށް ކިޔެވުމަށް ދަތިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްދާނީ އިޔާދަކުރަނިވި ހަކަތައިން ޕަވަރ ކުރެވޭ ގޮތަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާހެއް އޭސީ ކުރެވި، އޭސީގެ ކަރަންޓަށް ބޭނުންވާ ހަކަތަ އިޔާދަކުރަނިވި ސޯލާ ޕަވަރއިން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS