ޚަބަރު
ހުޅުމާލެ ޖެޓީ ތަރައްޤީކުރުމަށް އެސަރަޙައްދުން އުޅަނދުތައް ނެގުމަށް އަންގައިފި

ހުޅުމާލެ ޖެޓީ ސަރަހައްދު: ފޮޓޯ- އެޗްޑީސީ
ހުޅުމާލެ މުދާ ޖެޓީ ތަރައްޤީކުރުމަށް، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ކުރި އިޢުލާނެއްގައި ވަނީ ހުޅުމާލެ މުދާ ޖެޓީ ތަރައްޤީކުރުމަށް ތައްޔާރު ވެފައިިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި އަޅަފައިވާ އުޅަނދުތަކަށް ލިިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިމަހުގެ 14 ވަނަ ދުވަހުގެ 00:00ގެ ކުރިން ނަގަން އަންގާފައިވެއެވެ. މިމުއްދަތުގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައިނުވާނަމަ، އެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ
— Housing Development Corporation (@hdcmaldives) April 9, 2025
އިއުލާން: https://t.co/hW0w8hcUoI#އެޗްޑީސީއާއެކު pic.twitter.com/IZPQReJFuR
އެޗްޑީސީން އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކުންފުންޔަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ސުކުރު އަދާކުރައްވާފައެވެ