ޚަބަރު
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް މިއަދު

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގެ ތެރެއިން
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮތުން "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު އޮންނާނެކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ މި ޕޮޑްކާސްޓުގައި ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ތައްޔާރު ކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ ބައެއް ޗެނަލްތަކުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު pic.twitter.com/oKuEMeNGOf
— The President's Office (@presidencymv) April 10, 2025
މި ޕްރޮގްރާމްގެ ފުރަތަމަ ދެ އެޕިސޯޑްގެ ރެކޯޑިންގް ރައީސް އޮފީހުގެ ވެބްސައިޓުން ބަލާލެވޭނެއެވެ.