Ads by Aqeeqa Maldives

ޚަބަރު

ޒަކާތު ހައުސްއިން ޣައްޒާގެ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެ- ޑރ ޝަހީމް

ޒަކާތު ހައުސްއިން ޣައްޒާގެ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެ- ޑރ ޝަހީމް

ޒަކާތު ހައުސްއިން ޣައްޒާގެ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

10 އޭޕްރީލު 2025، 12:00

10 އޭޕްރީލު 2025، 12:00

ޒަކާތު ހައުސްއިން ޣައްޒާގެ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި އެޤައުމަށް ވާޞިލްވެއްޖެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޗެއަރމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެ ކަމަށެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް  އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން 500،000.00 (ފަސް ލައްކަ) ރުފިޔާ އިސްރާ އެސޯސިއޭޝަންއާ މިމަހުގެ ކުރީކޮޅު ވަނީ ހަވަލުކޮށްފިއެވެ. މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ޣައްޒާގެ ކުޑަކުދިންނަށް ހަދިޔާކުރުމަށް ނިންމެވީ ދިވެހި ސަރުކާރުންނެވެ. މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދެއްގެ ފައިސާ ލިބުނު އަހަރެވެ. ފިތުރު ޒަކާތަށް ފައިސާގެ ގޮތުގައި މި އަހަރު 13.3 މިލިއަން ރުފިޔާ ލިބުނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS