ޚަބަރު
ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސްގައި ވަޒީރު ޑރ. ޢަލީ ޙައިދަރު

ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސްގައި ހަޔަރ އެޑިއުކޭޝަނުން ބައިވެރިވުން
ސަޢުދީ އަރަބިޔާގެ ރިޔާދުގައި ކުރިއަށްދާ "ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސް (ޖީއެލްއެމްސީ)" މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ބައިވަރިވެވަޑައިގެންފިއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަށް ދެނެގަތުމުގެ އިތުރުން ވާޒިފާގެ ބާޒާރުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
ލަކްސްއެމްބަރގްގައި ކުރިއަށްދާ މި ސަމިޓްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ.
"ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސް" ގައި ބައިވެރިވުމަށް މިނިސްޓަރ ޑރ. ހައިދަރު ކުރެއްވި މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ސަޢުދީ އަރަބިޔާގެ ހިއުމަން ރިސޯސެސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރ، އަޙްމަދު ބިން ސުލައިމާން ބިން އަލް-ރަޖްހީ، އެޑިޔުކޭޝަން މިނިސްޓަރ، ޔޫސުފް ބިން އަބްދުﷲ އަލް-ބެންޔާންގެ އިތުރުން ސަޢުދީ ދަޢުލަތުގެ އެކި އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ.