ޚަބަރު
ގުރައިދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ގުރައިދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ތ.ގުރައިދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ފަށައިފިއެވެ.
އެމްޓީސީސީއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކޮންޓްރެކްޓް އުސޫލުންނެވެ. އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 378،350 ކިއުބިކް މީޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، 979 މީޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން ވިދާޅުވީ މިހާރު ކުރިއަށްދަނީ "ސޭންޑް ބަންޑް" ގެ މަސައްކަތް ކަމަށެވެ. 300 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ 106.02 މިލިއަން ރުފިޔާއެވެ.