Ads by Aqeeqa Maldives

ޚަބަރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑީޖީއެއް ހޯދަން އިޢުލާނުކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑީޖީއެއް ހޯދަން އިޢުލާނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ތެލެސީމިއާ ސެންޓަރަށް ވަޑައިގެންނެވުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

09 އޭޕްރީލު 2025، 12:56

09 އޭޕްރީލު 2025، 12:56

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޑިރެކްޓަރަ ޖެނެރަލްއެއް ހޯދަން އިޢުލާނުކޮށްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވީ އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު، އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައިހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި، އެހެން އިދާރާއެއްގައި މަސައްކަތް ކުރައްވަމުންގެންދިޔަ ޑިރެކްޓަރ ޖެނަރަލެއްގެ ބެލުމުގެ ދަށުން މަސައްކަތްތަށް ކުރިޔަށްގެންދަން ފެށިފައިވާކަމަށެވެ.

އެހެންނަމަވެސް ތެލެސީމިއާ ޤާނޫނުގައި ބުނާ ގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް އައްޔަނުކުރަން ޖެހެއެވެ. އެމްބީއެސްއިން ކޮށްފައިވާ ޢިއުލާނުގައިވަނީ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެކަމަށެވެ. ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ. 

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ތެލަސީމިއާ ސެންޓަރު ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ބަލާލާއިރު، ތެލެސީމިއާ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލެއް ނުހުންނަވާ ކަމަށާއި، ޚިދުމަތް ދިނުމަށް އެކަށޭނަ މިންވަރަށް ނަރުހުންނާއި، ޓެކްނިކަލް ބޭފުޅުން ނެތްކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން މިކަންކަމަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. 

ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ މަހު އޮރެންޖް ހިޔާގެ މަސައްކަތްތައް ވެސް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS