Ads by Aqeeqa Maldives

ޚަބަރު

ސަޢުދީ ސަފީރު ކޮށްދެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

ސަޢުދީ ސަފީރު ކޮށްދެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހައް ކުރެއްވި ވަދާއީ ޒިޔާރާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

08 އޭޕްރީލު 2025، 01:56

08 އޭޕްރީލު 2025، 01:56

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީގެ އަގުހުރި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރު ދަންނަވައިފިއެވެ.

ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ޝުކުރު އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށެވެ. އެއާއެކު ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ  ސަފީރުގެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު އެމަނިކުފާނު ކުރެއްވި އުމުރާ ދަތުރުފުޅުގައި ސައުދީން އަދާކުރި ހާއްސަ މެހެމާންދާރީއަށް ޝުކުރެއް ދަންނަވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS