ޚަބަރު
ހިރިލަންދޫ ބިންހިއްކާ ނިމި ރިވެޓްމެންޓް ޖެހުމަށް ތައްޔާރުވެއްޖެ

ހިރިލަންދޫ ބިންހިއްކާ ނިމި ރިވެޓްމެންޓް ޖެހުމަށް ތައްޔާރުވެފަ- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވުނު ބިންހިއްކުމުގެ މަސައްކަތުގެ 100 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަަމަށެވެ. މި މަސައްކަތަކީ ހިއްކި ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާއެކު ލިރިލަންދޫގައި ބިމުގެ ދަތިކަމަށް ކުރިމަތިވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެެވެ. އެއާއެކު ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ހިރިލަންދޫ ކައުންސިލްއިން ފާހަގަކުރައްވައެވެ. ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދެވޭ މުހިއްމު މަޝްރޫޢެކެވެ.