Ads by Aqeeqa Maldives

ޚަބަރު

"ޖެނެރޭޝަނަލް ބޭން"އާއި ގުޅުންހުރި މަޝްވަރާތައް ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފާއެކު ކުރިއަށްގެންގޮސްފި

"ޖެނެރޭޝަނަލް ބޭން"އާއި ގުޅުންހުރި މަޝްވަރާތައް ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފާއެކު ކުރިއަށްގެންގޮސްފި

ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފާއެކު ހެލްތު މިނިސްޓަރ ބައްދަލުކުރެއްވުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

08 އޭޕްރީލު 2025، 10:44

08 އޭޕްރީލު 2025، 10:44

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓަރ އޮފް ހެލްތުން ބައްދަލު ކުރައްވައިފިއެވެ.

ޒުވާންޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން އަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކޮށްފައިވާ މުހިންމު ކަމެކެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ  ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.

ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި ރައީސް ޑރ،މުޙައްމަދު މުޢިއްޒު ހުށައަޅުއްވާފައިވާ ގޮތްތަކަކީ"

1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS