Ads by Aqeeqa Maldives

ޚަބަރު

18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަނީ

18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަނީ

18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަން ކުންފުންޏަކާ ހަވާލުކުރުމުގެ ތެރެއިން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

07 އޭޕްރީލު 2025، 12:23

07 އޭޕްރީލު 2025، 12:23

18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް  އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރުމުގެ މަޝްރޫޢެކެވެ. މިގޮތުން ޤާއިމުކުރާ ބެސް ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ:

ހދ. ހަނިމާދޫ: 2000 ކިލޯވޮޓް އަވަރ
ށ. މިލަންދޫ: 2500 ކިލޯވޮޓް އަވަރ
ނ. ހޮޅުދޫ: 1500 ކިލޯވޮޓް އަވަރ
ނ. މަނަދޫ: 3000 ކިލޯވޮޓް އަވަރ
ނ. ވެލިދޫ: 3000 ކިލޯވޮޓް އަވަރ
ރ. އަލިފުށި: 2000 ކިލޯވޮޓް އަވަރ
ރ. ހުޅުދުއްފާރު: 1500 ކިލޯވޮޓް އަވަރ
ބ. ދަރަވަންދޫ: 2500 ކިލޯވޮޓް އަވަރ
ބ. ތުޅާދޫ: 3000 ކިލޯވޮޓް އަވަރ
 މ. މުލައް: 2000 ކިލޯވޮޓް އަވަރ
 މ. މުލީ: 2000 ކިލޯވޮޓް އަވަރ
 މ. ވޭވައް: 500 ކިލޯވޮޓް އަވަރ
 މ. ރަތްމަންދޫ: 500 ކިލޯވޮޓް އަވަރ
 ތ. ގުރައިދޫ: 2500 ކިލޯވޮޓް އަވަރ
 ރ. ތިމަރަފުށި: 3000 ކިލޯވޮޓް އަވަރ
 ގއ. މާމެންދޫ: 1000 ކިލޯވޮޓް އަވަރ
 ގދ. ފަރެސްމާތޮޑާ: 3000 ކިލޯވޮޓް އަވަރ
 ގދ. ގައްދޫ: 2500 ކިލޯވޮޓް އަވަަރ

 

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުން ކަމަށެވެ.

އެއާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ޤާއިމް ކުރެވިގެންދާ 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތަކާއެކު މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް  މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެއެވެ. އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެއެވެ.

 މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS