ޚަބަރު
އަނަސް އަށް ރުހުން ހޯދުމަށް މަޖިލީހަށް

ޕީސީބީގެ ރައީސް އަކަށް އައްޔަނު ކުރެއްވި މުޙައްމަދު އަނަސް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރުހުން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް، އެސްއޯއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަނަސް އަށް ރުހުން ހޯދުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮއްނުވި މައްސަލަ ވަނީ މިއަދުގެ ޖަލްސާގައި އިއުލާނުކޮށްފަ އެވެ. އެއާއެކު، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވާފައިވެއެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހުއެވެ. މި މަޤާމަށް އަނަސް އައްޔަންކުރެއްވީ އެމަގާމުގައި ހުންނެވި ހަމްދީ އަގީލް ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.