ދުނިޔެ

އިންޑިއާގެ 21 ސިޓީއެއްގައި ހޫނުމިން 42 ޑިގްރީއަށް އަރައިފި

އިންޑިއާގެ 21 ސިޓީއެއްގައި ހޫނުމިން 42 ޑިގްރީއަށް އަރައިފި

އިންޑިއާގައި ހޫނުގަދަވެ މީހުން މޫނު ނިވާކޮށްގެން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2025، 10:31

06 އޭޕްރީލު 2025، 10:31

އިންޑިއާގެ 5 ސްޓޭޓެއްގެ 21 ސިޓީއެއްގައި މިއަދު ހޫނުމިން 42 ޑިގްރީ ސެލްސިއަސްއަށް އަރައިފިއެވެ.އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށް އޮތް 3 ދުވަހު "ހީޓް ވޭވް" އުފެދޭނެ ކަމަށް ބެލެވެއެވެ.

ދިއްލީގެ އިތުރުން ރާޖަސްތާން، މަދިޔަ ޕްރަދޭޝް، މަހާރާޝްޓްރާ، ގުޖުރާތު އަދި އޮޑީޝާގެ ސިޓީތަކުގައިވެސް މި "ހީޓްވޭވް" އުފެދޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި ހޫނުމިން މައްޗަށް ދިއުމާއެކު، ކޮންމެ ސިޓީއެއްގައިވެސް އާންމު ހޫނުމިނަށްވުރެ 3 ޑިގްރީއިން ފެށިގެން 6.9 ޑިގްރީއާ ހަމައަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ވައިގެ ބާރު ދަށްވުމަކީ މި "ހީޓްވޭވް" އުފެދުމުގައި ދައުރެއް އަދާކުރާ ކަމެކެވެ. ޚާއްޞަކޮށް ދިއްލީގައި މިކަން ފާހަގަކުރެވެއެވެ.

ރާޖަސްތާންގެ ބާމަރުގައި ރެކޯޑު  ހޫނުމިނެއް ރިކޯޑުކުރެވިފައިވެއެވެއެވެ. އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި މިހާތަނަށް ރިކޯޑުކުރެވުނު އެންމެ މަތީ ހޫނުމިނެއްގެ ގޮތުގައި އާދީއްތަ ދުވަހު 45.6 ޑިގްރީ ސެލްސިއަސް ރިކޯޑުކުރެވުނެވެ. މިއީ އާންމު ހޫނުމިނަށްވުރެ 6.8 ޑިގްރީ މަތީ މިންވަރެކެވެ.

މޫސުމާބެހޭ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި އޭޕްރިލް 6 އިން 10 އަށް ގުޖުރާތުގެ ބައެއް ސަރަހައްދުތަކުގައި ހީޓްވޭވް އުފެދުމުގެ ފުރުސަތު އޮތްއިރު، ސައުރާޝްޓްރާ އަދި ކަޗްގެ ބައެއް ސަރަހައްދުތަކުގައި ހީޓްވޭވް އުފެދުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS