Ads by Aqeeqa Maldives

ޚަބަރު

އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ- މެޓް އޮފީސް

އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ- މެޓް އޮފީސް

ވިއްސާރަ ވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެފައި- ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

06 އޭޕްރީލު 2025، 12:40

06 އޭޕްރީލު 2025، 12:40

އަންނަ އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން، މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރުމާއެކު، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އެ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެނިހެން ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ކަނޑުގެ ލޮނުގަނޑު 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. 

ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވެދާނެތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS