ދުނިޔެ

އިސްރާއީލުގެ ބަންދުގައި މަރުވި ފުރަތަމަ ފަލަސްތީނު ކުއްޖާ މަރުވީ ބަނޑުހައިވެގެން ކަމަށް އޮޓޮޕްސީން ދައްކައިފި

އިސްރާއީލުގެ ބަންދުގައި މަރުވި ފުރަތަމަ ފަލަސްތީނު ކުއްޖާ މަރުވީ ބަނޑުހައިވެގެން ކަމަށް އޮޓޮޕްސީން ދައްކައިފި

އިސްރާއީލުގެ ބަންދުގައި މަރުވި ފުރަތަމަ ފަލަސްތީނު ކުއްޖާ 17 އަހަރުގެ ވަލީދު ޚާލިދު އަބްދުﷲ އަޙްމަދު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 08:38

05 އޭޕްރީލު 2025، 08:38

އިސްރާއީލުގެ ބަންދުގައި މަރުވި ފުރަތަމަ ފަލަސްތީނު ކުއްޖާ މަރުވެފައިވަނީ ބަނޑުހައިވެގެން ކަމަށް އޮޓޮޕްސީން ދައްކައިފިއެވެ. ޑިފެންސް ފޮރ ޗިލްޑްރަން އިންޓަނޭޝަނަލް - ފަލަސްތީނުން (ޑީސީއައިޕީ) ހާމަކުރި ގޮތުގައި 17 އަހަރުގެ ވަލީދު ޚާލިދު އަބްދުﷲ އަޙްމަދު މަރުވެފައިވަނީ މާޗް މަހުގެ ފަހުކޮޅު، ބަނޑުހައިވުމާއި، ބޮޑުކަމުދާތަކެތީގެ އިންފެކްޝަނަކާ ގުޅިގެން  ވަރުބަލިކަމުގެ ސަބަބުން ފެންބޮވިފައި ނުވުމާއި، ދިގު މުއްދަތަކަށް ކާނާ ނުލިބުމާއި، ފަރުވާ ނުލިބުމުގެ ސަބަބުންނެވެ.

އަޙްމަދުގެ އާއިލާގެ ފަރާތުން އޮޓޮޕްސީގައި ބައިވެރިވި ޑޮކްޓަރެއް ބުނި ގޮތުގައި އޮޓޮޕްސީން ދައްކާ ގޮތުގައި އަޙްމަދުގެ ހަށިގަނޑުގެ މަސްތަކާއި މޭދަށުގެ ސަރަހައްދު ވަނީ ބޮޑަށް ހީނަރުވެފައެވެ. އަޙްމަދުގެ ބައްޕަ ޚާލިދު އަލް-ބާޝާ ވިދާޅުވި ގޮތުގައި އޭނާގެ ދަރިފުޅު މަރުވިކަން އެނގުނީ މާޗް 24 ގައި ފަލަސްތީނު ލިއެޒަން އޮފީހުން މެދުވެރިކޮށެވެ. އަދި މި ޚަބަރުން އެ އާއިލާ ވަނީ ސިހި ކަންބޮޑުވެފައެވެ.

ފަލަސްތީނު އޮތޯރިޓީން ބުނާ ގޮތުގައި އިސްރާއީލުގެ ބަންދުގައި މަރުވި ފުރަތަމަ ކުއްޖާއަކީ އަޙްމަދެވެ. އަދި ޢައްޒާއަށް ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ޖަލުތަކުގައި މަރުވެފައިވާ 63 ވަނަ ފަލަސްތީނު މީހާއެވެ. ޢައްޒާގެ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ޖަލުތަކުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ބަންދުގައި ތިބޭ މީހުން ބުނާ ގޮތުގައި އެމީހުންނަށް ވަނީ އަނިޔާކުރެވި، ޖިންސީ ގޯނާކުރެވި، އަދި ބޭސްފަރުވާ ނުލިބި ދަތި ހާލުގައި ބަހައްޓާފައެވެ.

އަޙްމަދު ބަންދުކޮށްފައި ހުރީ މެގިޑޯ ޖަލުގައެވެ. މި ޖަލަކީ ކުރިން ވެސް ފަލަސްތީނު ރައްޔިތުންނަށް އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ޖަލެކެވެ. އޮޓޮޕްސީން ދައްކާ ގޮތުގައި އަޙްމަދުގެ ފައިގަ އަދި އުރަމަތީގައި ސްކޭބީސްގެ އަސަރު ހުރި އިރު، ނޭފަތާއި މޭމަތީގައި އަނިޔާގެ ނިޝާން ހުއްޓެވެ. އަދި ޑީސީއައިޕީން ބުނާ ގޮތުގައި އަޙްމަދުގެ ހަށިގަނޑުގެ ބައެއް ސަރަހައްދުތަކުގައި ހުރި އިންފްލަމޭޝަން ދައްކުވައިދެނީ އިސްރާއީލުގެ ސެކިއުރިޓީ ބާރުތަކުން އޭނާއަށް އަނިޔާކޮށްފައިވާ ކަމެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނު ޤައެދީންގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލާފައިވެއެވެ.

އިސްރާއީލުގެ ޖަލު އޮތޯރިޓީތަކުން ބުނާ ގޮތުގައި ޤައިދީންނަށް ނިޒާމީ ގޮތެއްގައި އަނިޔާކުރުމުގެ އެއްވެސް ކަމެއް ނުހިނގައެވެ. ނަމަވެސް އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓްރީން ވަނީ ފަލަސްތީނު ޤައިދީންނަށް ދެވޭ ޚިދުމަތްތައް "ގާނޫނުން ލާޒިމްކުރާ އެންމެ ދަށް މިންވަރަށް" ތިރިކޮށްފައިވާ ކަމަށް ފަޚުރުވެރިކަމާއެކު ބުނެފައެވެ.

އަޙްމަދުގެ މަރާ ގުޅިގެން ފަލަސްތީނު އޮތޯރިޓީން ވަނީ މިނިވަން ތަޙުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނު މީހުންގެ ހާލަތު ބަލައި، އެމީހުންނަށް އިންސާނީ ޙައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުއަށް ގޮވާލާފައިވެއެވެ.

މި ހާދިސާއަކީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ސިޔާސީ ތަޙުލީލުވެރިން ދެކެއެވެ. އަދި މިފަދަ ހާދިސާތަކުން ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެވެއެވެ.

ޑީސީއައިޕީން ގޮވާލާފައިވަނީ އިސްރާއީލުގެ ބަންދުގައި ތިބޭ ހުރިހާ ފަލަސްތީނު ކުޑަކުދިން ވަގުތުން ދޫކޮށްލުމަށެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މި ހާދިސާއާ ގުޅިގެން އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިނިވަން ތަޙުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS