ޚަބަރު
މީޑިއާ ކައުންސިލްގެ މެމްބަރުކަމުން ޙުސައިން އިސްތިއުފާ ދެއްފައިފި
ހުސައިން ހަސަން- ފޮޓޯ: ރާއްޖެ އެމްވީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ކަމުން ޙުސައިން ޙަސަން އިއްޔެ އިސްތިއުފާ ދީފި އެވެ.
އެމްއެމްސީން އިސްތިއުފާ ދީ، އެ ކައުންސިލުގެ ރައީސް ހުސައިން ސަގީފަށް, ހުސައިން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ފުރަމުން ގެންދާތީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ހުސައިންގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މީޑިއާ ކައުންސިލް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއާއެކު ނޫސްވެރިކަމުގެ ހަމަތަކާއި މިނިވަން މީޑިއާގެ މާހައުލެއް ހޯދައި ދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ހުސެއިން އެމްއެމްސީއިން އިސްތިއުފާދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ. ހުސެއިންއަކީ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ނޫސްވެރިއެކެވެ.