Ads by Ministry of Arts, Culture and Heritage

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

14 ނޮވެމްބަރު 2026، 10:15

14 ނޮވެމްބަރު 2026، 10:15

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ލޯތްބާއި، އަދި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ގަދަރާއި އިޙްތިރާމް އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ، މާފަންނު ސްޓޭޑިއަމްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ހުރިހާ ފަންތިއެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި، ސްކޫލުތަކުގެ ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި މަޝްރޫޢަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ރަސްމީ ލޯގޯ އާއި، މަޝްރޫޢާ ގުޅޭ ރަސްމީ ލަވަ ވެސް މި ހަފްލާގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި މަޝްރޫޢު ކުރިޔަށް ގެންދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިޢުލާނު ކުރެއްވީ، މިދިޔަ އަހަރު އދ. މަހިބަދޫގައި އޮތް ޖަލްސާގައެއްގައެވެ. އެއަށްފަހު، މި މަޝްރޫޢު މި އަހަރު ފައްޓަވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ކެމްޕެއިނަކީ ދިވެހި މުޖުތަމަޢުގައި އަށަގެންފައިވާ ރީތި އަޚްލާޤީ އުޞޫލުތައް އާލާކޮށް، ރައްޔިތުންގެ މެދުގައި އިޙްތިރާމާއި ގަދަރުގެ ސަގާފަތެއް ދެމެހެއްޓުމަށްޓަކައި ފަށްޓަވާ ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކަމަށެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކެމްޕެއިނަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ފަންނުވެރިންނާއި، އަދި މީޑިއާތަކުގެ ވެސް އެއްބާރުލުމާއެކު، މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ކުރިއަށްގެންދާނެ ވަރަށް ތަފާތު، ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ސްކޫލުތަކުގައި ކުރިޔަށް ގެންދާ ހަރަކާތްތަކާއި، އަދި މީޑިއާގެ ޒަރީޢާއިން ވެސް ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450