Ads by Farudhun

ޚަބަރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 06:48

26 އޯގަސްޓު 2026، 06:48

އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަހުމަދު އަބްދުﷲ މި މަގާމުން އިސްތިއުފާ ދެއްވީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާތީ، ޝާހިދުގެ ކެމްޕޭން ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އަހުމަދު ވިދާޅުވީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އަދި ޗެއާޕާސަނާއި ޑެޕިއުޓީ ޗެއާޕާސަނަކީ އެ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާ އެކު ކަށަވަރު ކޮށްދޭން ޖެހޭ ބޭފުޅުން ކަމަށެވެ. އެހެންކަމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދެއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާން ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ޝާހިދު ވެސް ވަނީ އެކަން އިއުލާންކުރެއްވުމާ އެކު، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450