Ads by Farudhun

ޚަބަރު

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވައިފި

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވައިފި

ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޯގަސްޓު 2026، 12:51

15 އޯގަސްޓު 2026، 12:51

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް މި އިނާމުތައް ދެއްވާފައި ވަނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިންނެވެ. 

މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނު ފަރާތްތަކަކީ:

  1.  އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
  2.  ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
  3. ދިވެހި ތާރީޚުގެ ދާއިރާއިން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
  4.  ޞިއްޙީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702
  5. އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  6.  މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަލްފާޟިލް އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
  7. ކުޅިވަރުގެ ދާއިރާއިން: އަލްފާޟިލާ ޢާއިޝަތު ނައުރާ، ހ. ސީޓް
  8. ވިޜުއަލް އާޓްސްގެ ދާއިރާއިން: އަލްފާޟިލް އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަސްމިއްޔާތުގައި 3 ބޭފުޅުންނާއި ޖަމުއިއްޔާއަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް މި ޖަލްސާގެ ތެރެއިން ދެއްވާފައެވެ. މި ބޭފުޅުންނަށް ވަނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުން ދެއްވާފައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާފައި ވަނީ:

  1.  ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
  2.  އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އަލްފާޟިލް އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
  3.  ޞިއްޙީ ދާއިރާއިން: ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
  4.  ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: އަލްފާޟިލާ ނަޖުމާ ޙުސައިން، ގ. ނޫރީފެހި

އަދި މީގެ އިތުރުން، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ. 

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަވާފައި ވަނީ،  ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450