Ads by Farudhun

ޚަބަރު

ކިނޮޅަހު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް 52 އިންސައްތަ ނިމިއްޖެ

ކިނޮޅަހު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް 52 އިންސައްތަ ނިމިއްޖެ

އެ ރަށުގައި ގާއިމުކުރާ ކައުންސިލު އިދާރާ. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޯގަސްޓު 2026، 09:27

05 އޯގަސްޓު 2026، 09:27

ރ. ކިނޮޅަހުގެ ކައުންސިލު އިދާރާ ބިނާކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55  ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރަމުންދާ، ރ. ކިނޮޅަސް ކައުންސިލް އޮފީސް އިމާރާތުގެ މަސައްކަތް މިހާރު ވަނީ 52 އިންސައްތަ ނިމިފައި ކަމަށެވެ.

އަދި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ  ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތާއި، ވަށާފާރުގެ މަސައްކަތް ކަމަށް ވުޒާރާއިން ބުނެއެވެ.

މިއީ ސަރުކާރުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.



އަލަށް އިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި  އެ ތަންތަން ކައުންސިލްތަކާ ހަވާލުކުރާނީ ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށް ވެސް އެ ވުޒާރައިން ވިދާޅުވެއެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްއިދާރާ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450