Ads by Farudhun

ޚަބަރު

ޖަޕާނަށް އަންނަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް އޮފީސް

ޖަޕާނަށް އަންނަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް އޮފީސް

އްސާރަ ދުވަހެއް/ފޮޓޯ: ސަން އޮންލައިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 03:59

28 ޖުލައި 2026، 03:59

ޖަޕާނަށް އަންނަމުންދާ ބިންހެލުންތަކުގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި ޖަޕާނުގެ ވެރިރަށް  ޓޯކިޔޯއާ ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް ވަނީ މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އަދި އެ ބިންހެލުމާއި ގުޅިގެން އެ ގައުމުގެ ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ. މިކަމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެޓް އޮފީހުން ބުނީ ބޮޑު ވިއްސާރައެއް ކުރުން އެކަށީގެން ނުވާ ކަމަށެވެ. ނަމަވެސް ކުރީގެ އަސަރުކުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، ދެކުނަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެން ސަރަހައްދުތަކަށް ވައި ގަދަކަން ފާހަގަކުރައްވާ އެ އިދާރާއިން ބުނީ، އެހެން ސަރަހައްދުތަކަށް ވައި ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގައި ކަމަށެވެ.

ދެކުނަށް ކަނޑުތައް މަޑުވާނެ ކަމަށާއި، އެހެން ސަރަހައްދުތަކަށް ކަނޑުގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ ކުރިއަށް އޮތް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މުސުން ގޯސްވެ އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރައިން ވަނީ މިއަދުގެ 11:30 އިން  15:30  އަށް ހުދު ސަމާލުނެރެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450