Ads by Farudhun

ޚަބަރު

މިއަހަރު ޗައިނާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން

މިއަހަރު ޗައިނާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް/ފޮޓޯ: މޮލްޑިވްސް އިންސައިޑަރ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 11:02

28 ޖުލައި 2026، 11:02

މި އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 17.2 އިންސައްތައެވެ. އެއީ ޖުމްލަ 201،739 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1،198،343 އަށް އަރާފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ވެސް ޗައިނާއިންނެވެ. މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

މި އަހަރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިޔާއިންނެވެ. މިއީ 170،887 ފަތުރުވެރިން ކަމަށްވާއިރު، އެއީ ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 14.6 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިނގެރޭސިވިލާތުން ކަމަށް ވާއިރު އެއީ 94،139 ފަތުރުވެރިންނެވެ.

ވަކިވަކި އެއަރޕޯޓްތަކަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1،168،608 ފަތުރުވެރިންކަމަށްވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 97.5 އިންސައްތައެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް 4،411 ފަތުރުވެރިން ޒިޔާރާތްކުރިއިރު،  މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށްވަނީ 4،004  ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 72.8 އިންސައްތަ ނުވަތަ 853،863 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. 22.7 އިންސައްތަ ނުވަތަ 266،670 ފަތުރުވެރިން ގޮސްފައިވަނީ ގެސްޓްހައުސްތަކަށެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެންދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު، މިއަހަރު އައިސްފައިވާ ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ ދަށެވެ.

ނަމަވެސް މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ މަތިވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450