Ads by Farudhun

ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭން ވަކާލާތުކުރަނީ

ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭން ވަކާލާތުކުރަނީ

މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 11:00

28 ޖުލައި 2026، 11:00

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

27 ޖުލައި އިން 7 އޮގަސްޓުގެ ނިޔަލަށް ބޭއްވުމަށް ކުރިއަށްގެންދާ އެ ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ "ސިޑްސް" އަށް ހާއްސަ ސްކަމެއް ދިނުމަށް ވަކާލާތުކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ. 

އެގޮތުން، މި ބައްދަލުވުމުގައި ރާއްޖޭގެ މައިގަނޑު އަމާޒަކީ  ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުން، ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮނޑިތަކެއް ލިބިގެންދާނެކަން ކަށަވަރުކުރުންކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއީ ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ބައިވެރިވުން، މިފަދަ ނިންމުންތައް ނިންމާ މަރުހަލާގައި އިތުރުކުރުމަށް ކުރެވިގެންދާނޭ މުހިންމު މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.



އަދި ބައިނަލްއަޤަވާމީ ފެންވަރުގައި ހިންގާ  ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ރިވިއުކުރުމުގެ މަރުހަލާގައި، ކުދި ޖަޒީރާ ގައުމުތަކަށް  ކުރިމަތިވާ ގޮންޖެހުންތަކާއި، އެފަދަ ގައުމުތަކުގެ އަމާޒުތައް ހިމެނުމަށް މި ބައްދަލުވުމުގައި ރާއްޖެއިން ބާރުއަޅާނެއެވެ. މީގެ އިތުރުން،  ތިމާވެށީގެ ކަންކަން މޮނިޓަރކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުމަކީ ވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއް ކަމަށް ވުޒާރާއިން  ވިދާޅުވެއެވެ.

 ބައިނަލްއަޤްވާމީ ސިޔާސަތުތައް އެކުލަވާލާއިރު އެކަންކަން ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، ހުރިހާ ގައުމުތަކަށް ވެސް ފަސޭހައިން އެފަދަ ސައިންޓިފިކް  މައުލޫމާތުތައް ލިބޭނެގޮތް ހެދުމަށް ވެސް ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެކަމަށް ވުޒާރައިން ބުނެއެވެ.

ވުޒާރާއިން އިތުރަށް ވަނީ، މި ބައްދަލުވުމަކީ  ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް  ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން  ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން،  ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުތައް  ހިމާޔަތްކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450