Ads by Farudhun

ޚަބަރު

2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖެ ފެންނާނީ އައު އުސްމިންތަކެއްގައި

2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖެ ފެންނާނީ އައު އުސްމިންތަކެއްގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 08:21

27 ޖުލައި 2026، 08:21

އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް ބައްދަލުކުރާއިރު، ރާއްޖޭގެ ތަރައްޤީއާއި ތަމައްދުނުގެ މުޅިން އައު ތަޞައްވުރެއް ހަޤީޤަތަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގައުމަށް ގެންނަވާނެ ބޮޑެތި ބަދަލުތަކުގެ ތަފްޞީލީ މަގުޗާޓެއް ހާމަކުރައްވާފައެވެ.

އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީ
ރައީސް ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމި، ކުނިކޮށިތަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހުންނާނީ ހުޅުވިފައެވެ. މީގެ އިތުރުން ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތާއި، ފުލުހުންގެ އަމިއްލަ މަރުކަޒުތަކާއި، ލެބޯރެޓަރީއާއެކު ޞިއްޙީ ޚިދުމަތް ވަރުގަދަކުރެވިފައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުރިހާ ރަށެއްގައި ކަރަންޓާއި ކޭބަލް އަދި ޖެންސެޓް ފަދަ ކަންކަން ހުންނާނީ ފުރިހަމައަށް ޤާއިމުކުރެވިފައި،

      ރައީސް 

އަތޮޅުތަކުގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް
ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، 30 މިނިޓުން ދެވޭ ހިސާބުގައި އެއަރޕޯޓްތައް އޮންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަތޮޅެއްގައި ސީޓީ ސްކޭން، ޑައަލިސިސް، ބްލަޑް ބޭންކް ފަދަ ޞިއްޙީ ޚިދުމަތްތަކާއި، އެމް.އެން.ޔޫ އަދި އައި.ޔޫ.އެމްގެ ކެމްޕަސްތަކާއި، އިސްލާމިކް ސެންޓަރުތަކުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ނިމިފައި ހުންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އިޤްތިޞާދީ އަދި ތިމާވެށީގެ އައު ތަޞައްވުރު
ރައީސްގެ ވާހަކަފުޅުގައި އިޤްތިޞާދީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތަށް ފަރުމާކުރެވިފައިވާ 10 ރިޒޯޓުގެ މަޝްރޫޢު ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް، 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑިވެސް އެ ތާރީޚަށް ހާސިލުވާނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ބޮޑެތި މަޝްރޫޢުތައް
މާލެ ސަރަޙައްދަށް ބަލާއިރު، އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖް ހުޅުވި، ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ބޮޑުތަނުން ކުރިއަށް ގޮސްފައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލެ ހޮސްޕިޓަލާއި، މާލޭގެ ޕޯޓު ބަދަލުކުރުމާއި، ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތްވެސް ނިމުމަކާ ގާތްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަޤްޞަދަކީ "މޯލްޑިވްސް 2.0" ގެ ތަޞައްވުރު ތަންފީޒުކޮށް، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450